މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު އަލަށް އައްޔަންކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކުރެއްވި ގޮތުގައި، ޕޯސްޓް ލިމިޓެޑްގެ ބޯޑަށް އަލަށް ހަމަޖެއްސެވީ ގއ. ވިލިނގިލި، ވިޝަން، ބުޝްރީ މުހައްމަދުގެ އިތުރުން ގއ. ނިލަންދޫ، ވައިލެޓްވިލާ، ނާސިހް އިބްރާހިމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއެކު ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގެންނަވާ ބަދަލުތަކުގެ ތެރެއިން އައްޔަންކުރެއްވި މި ދެ ބޭފުޅުންނަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ވަނީ މަރުޙަބާ ދަންނަވާފައެވެ.
މި ބަދަލާއެކު މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިއްބަވަނީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަފީގާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝަހީދު އިބްރާހިމްގެ އިތުރުން ބޯޑު މެންބަރު ބުޝްރީ މުހައްމަދާއި، ބޯޑު މެންބަރު ނާސިހް އިބްރާހިމް، އަދި ނޮން-އެގްޒެކެޓިވް މެންބަރުން ކަމަށްވާ މަހުމޫދު ރަމީޒް އަބްދުއްރަހްމާން އަދި އަބްދުﷲ އާދިލް އެވެ.
ސަރުކާރުން އަންނަނީ ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ތަފާތު ބޯޑުތަކަށް ބަދަލުތައް ގެންނަވަމުންނެވެ.





