ކްރިމިނަލް ކޯޓު--- ފޮޓޯ: ޕީއެސްއެމް ނިއުސް

ކުޑަކުއްޖަކަށް ޖިންސީ ޢަމަލެއް ހިންގަމުންދާ މަންޒަރު ދެއްކި މައްސަލައެއްގައި އަޙްމަދު ނަޢީމް ކިޔާ މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ ހަތް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. އޭނާގެ މައްޗަށް މި ކުށް ސާބިތުވީ "ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު" ގެ ދަށުންނެވެ.

މި މައްސަލައިގައި ދައުލަތުން އަޙްމަދު ނަޢީމްގެ މައްޗަށް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި ގްރޫމްކުރުމުގެ ދެ ދައުވާއެއްވެސް އުފުލިއެވެ. ނަމަވެސް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެ ދެ ދައުވާ ސާބިތުވެފައި ނުވާތީ، މައްސަލަ ބެއްލެވި ޤާޟީ ވަނީ އެ ދައުވާތައް ސާބިތުނުވާ ކަމަށް ކަނޑައަޅުއްވާފައެވެ.

މިއީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ، ޝަރީޢަތް ނިމުނު ގޮތުގެ ތަފްސީލީ ރިޕޯޓު ކޯޓުގެ ވެބްސައިޓުގައި އާންމުކޮށްފައެއް ނުވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް