ދަރުމަވަންތަ ހޮސްޕިޓަލު

ދަރުމަވަންތަ ހޮސްޕިޓަލުގެ ފަރޓިލިޓީ ސެންޓަރުގައި އައިވީއެފް ފަރުވާ ދޭން ފެށިފަހުން މިހާތަނަށް 27 ކުދިން ކާމިޔާބުކަމާއެކު އުފަންވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު މިއެކު މުހިންމު ޚިދުމަތް ފެށި މި ސެންޓަރުގައި ފުރަތަމަ ކުއްޖާ އުފަންވީ ޖެނުއަރީ މަހުގެ ތެރޭގައެވެ. ފާއިތުވި ނުވަ މަސްދުވަހުގެ ތެރޭގައި 35 ފަރާތެއްގެ އައިވީއެފް ކާމިޔާބުވެފައިވާއިރު، 27 ކުދިން އުފަންވުމުގެ އިތުރުން އަށް ފަރާތެއްގެ ފަރުވާ މިހާރުވެސް ދަނީ ކުރިއަށެވެ.

ރާއްޖޭގައި ތިބެގެން ދަރިމައިވުމުގެ ފަރުވާ ލިބޭނެ ގޮތް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މީގެ ކުރިން ދަރިމައިވުމުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހުމުގެ ސަބަބުން އާއިލާތަކުން އުފުލި މާލީ އަދި ނަފްސާނީ ބޮޑު ތަކުލީފަށް މި ޚިދުމަތާއެކު ވަނީ ބޮޑު ލުޔެއް ލިބިފައެވެ.

މީގެ އިތުރުން، ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށް "ފަރޓިލިޓީ ޕްރިޒަވޭޝަން" ޚިދުމަތް ދެމުންދާއިރު، ސަރުކާރުގެ އަމާޒަކީ ދަރިމައިވުމުގެ ފަރުވާގެ ހިދުމަތް ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އަތޮޅުތަކަށްވެސް ފުޅާކުރުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް