މާލޭ

މާލޭގެ ގަލޮޅު ހުވަފެނީގޯޅީގައި ރޭ ދަންވަރު ހިންގި މާރާމާރީއެއްގައި 35 އަހަރުގެ ފިރިހެނަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި މާރާމާރީ ހިންގައިގެން ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 02:32 ހާއިރުއެވެ.

މި ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމުގައި ފަރުވާ ދެމުންދާއިރު، އޭނާ ވަރަށް އަވަހަށް ވޯޑަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާތަކުގެ އިތުރު ތަފްސީލެއް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ދަނީ މި މާރާމާރީއާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލައި، މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް