ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅުނު ބޭރުގެ ބޯޓް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް، އޭގައި ތިބި 6 މީހުންނާއެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި ބޯޓު ހިފަހައްޓާފައިވަނީ ކ. ދިއްފުށީގެ އިރުން 123 ނޯޓިކަލް މޭލު ބޭރުން މިއަދުގެ ވަގުތެއްގައެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި އެ ބޯޓު މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، އެއީ ކޮން ގައުމެއްގެ ބޯޓެއްކަން އަދި ސާފުވެފައެއް ނުވެއެވެ. މީގެ ކުރިންވެސް ރާއްޖޭގެ ސަރަހައްދަށް ގާނޫނާ ޚިލާފަށް ވަންނަ ބޭރުގެ ބޯޓުތައް ހިފަހައްޓައި ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައިވެއެވެ.

މި ބޯޓު ހިފަހައްޓާފައިވަނީ، ކުރިން ރާއްޖޭގެ ސަރަހައްދަށް ގާނޫނާ ޚިލާފަށް ވަދެގެން ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ ބޯޓެއް އޮޔާގޮސް، ސިނަމާލެ ބުރިޖުގައި ޖެހި އަދި ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް ވެފައިވާ މައްސަލައެއް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. މާލޭ ސިޓީ ކައުންސިލުން ވަނީ އެ ދެ ބޯޓުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ގޮވާލާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް