ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ މެންބަރުންގެ މަޖިލީހަށް އާންމުކޮށް ހުޅުވާލައިގެން ހޮވަންޖެހޭ 18 މެންބަރުން އިންތިހާބުކޮށްފިއެވެ.
އިއްޔެ ފެށުނު މި މަތީ މަޖިލީހުގެ ބައްދަލުވުންތަކުގައި މިއަދު ކުރިއަށްދިޔައީ ޕާޓީގެ ނައިބު ރައީސުންނާއި މެންބަރުންގެ މަޖިލީހަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުމެވެ. އެގޮތުން 18 ގޮނޑިއަކަށް 70 އަށްވުރެ ގިނަ ބޭފުޅުން ވާދަކުރެއްވި އިރު، 1،200 އަށްވުރެ ގިނަ މަންދޫބުން ވަނީ މި އިންތިހާބުގައި ވޯޓުލާފައެވެ.
މި އިންތިހާބުގައި ވާދަކުރައްވައި ކާމިޔާބީ ހޯއްދެވި 18 ބޭފުޅުންނާއި އެ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދުތައް:
-
އަހްމަދު ހަމްދުﷲ ރަޝީދު: 747 ވޯޓު
-
ހުސައިން ޔާމީން މުހައްމަދު: 746 ވޯޓު
-
މުހައްމަދު އަބްދުﷲ: 722 ވޯޓު
-
މުހައްމަދު އާސިފު: 711 ވޯޓު
-
އަބްދުﷲ މުފީދު- 709 ވޯޓު
-
އަމާނީ މުހައްމަދު: 701 ވޯޓު
-
އިބްރާހީމް ރައްޒާން: 700 ވޯޓު
-
އަހްމަދު ސިއްދީގު: 696 ވޯޓު
-
ޝުއާއުﷲ ސައީދު: 694 ވޯޓު
-
ހަސަން މާއިލް އަލީ: 693 ވޯޓު
-
ހަސަން ފައިހަތު ގުދުރަތުﷲ: 692 ވޯޓު
-
މުހައްމަދު ނަޝާތު ރަޝީދު: 691 ވޯޓު
-
މުހައްމަދު ކިނާން: 689 ވޯޓު
-
މުހައްމަދު އަރީޝް: 688 ވޯޓު
-
މުހައްމަދު މަބްރޫކު: 787 ވޯޓު
-
އިސްމާއީލު ސުހައިލު: 685 ވޯޓު
-
އަހްމަދު ޝިމާއު: 683 ވޯޓު
-
މުހައްމަދު ވަހީދު: 682 ވޯޓު
މި އިންތިހާބުން ހޮވިވަޑައިގެންނեވި ބޭފުޅުން ރަސްމީކޮށް މަގާމުތަކާ ހަވާލުވެވަޑައިގަތުން އޮންނާނީ މިރޭ ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގައި މަގާމުގެ އިގުރާރުކުރެއްވުމަށްފަހުއެވެ. މި ކޮންގްރެސްގެ ހަވާސާގައި ޕާޓީގެ މެންބަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކާއި، ދައުލަތުގެ ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންނާ ބައްދަލުކޮށް ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.




