ދަނގެތި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ބޭނުންވާ އިތުރު ސާމާނު ގެންގޮޮސްފި

އދ. ދަނގެތީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ބޭނުންވާ އިތުރު ސާމާނު އެ ރަށަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެ ކުންފުނިން މަޢުލޫމާތު ދިން ގޮތުގައި، މި މަޝްރޫޢުގެ މަސައްކަތްތަކަށް ބޭނުންވާ 50 ބްލޮކާއި 40 އެންކަރ ރޮޑް ވަނީ މިހާރު އެ ރަށަށް ގެންގޮސްފައެވެ.

ޖުމްލަ 71.16 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން، 35،500 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ބިންހިއްކުމާއި، 69،500 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމުގެ އިތުރުން 33،600 ކިއުބިކް މީޓަރުގެ ނެރާއި 7،800 ކިއުބިކް މީޓަރުގެ ފަތާ ސަރަޙައްދެއް ފުންކުރުން ހިމެނެއެވެ. މީގެއިތުރުން 675 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 389 މީޓަރުގެ އެއްގަމު ތޮށިލުމާއި، 35 މީޓަރު ދިގު އަދި 6 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ކޮންކްރީޓް ރޭމްޕެއް ހެދުމާއި، 3،052 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހަދައި މަގުބައްތިއާއި ބަނދަރު ބައްތި ހަރުކުރުން ވެސް މި މަޝްރޫޢުގައި ހިމެނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް