ކޮންގްރެސް ޕާޓީއަށް ނައިބު ރައީސުން ހޮވައިފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ ޖަލްސާގެ ތެރެއިން އެ ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމަށް 6 ބޭފުޅަކު އިންތިހާބުކޮށްފިއެވެ.

މި މަގާމުތަކަށް ކުރިމަތިލެއްވި 8 ބޭފުޅުންގެ ތެރެއިން ޖުމްލަ 1،095 މެންބަރުން ވޯޓުދެއްވި ވާދަވެރި މި އިންތިހާބު ކާމިޔާބުކުރައްވައިގެން އިންތިހާބުވެވަޑައިގެންނެވި ބޭފުޅުންނާއި ލިބިވަޑައިގެންނެވި ވޯޓުގެ އަދަދު:

  • ޢަބްދުﷲ ރާފިޢު: 968 ވޯޓު

  • އަޙްމަދު ޝިޔާމް: 964 ވޯޓު

  • ފާޠިމަތު ސަޢުދާ: 923 ވޯޓު

  • އިބްރާހީމް ޝުޖާޢު: 862 ވޯޓު

  • މުޙައްމަދު ސަޢީދު: 833 ވޯޓު

  • މުޙައްމަދު ޙުސައިން ޝަރީފް (މުންދު): 780 ވޯޓު

މި އިންތިހާބުގައި ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުޙައްމަދު ނިމާލާއި (301 ވޯޓު)، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދަށެވެ (288 ވޯޓު).

އިންތިހާބު ކާމިޔާބުކުރެއްވި ބޭފުޅުން މަގާމުގެ އިގްރާރުވުން މިރޭ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތެއްގައި އޮންނާނެއެވެ. މިއަދާއި މާދަމާ ކުރިއަށްދާ މި ބައްދަލުވުންތަކުގައި ޕާޓީގެ އެހެނިހެން މަގާމުތަކަށް މެންބަރުން އިންތިހާބުކުރުމުގެ އިތުރުން، ވަޒީރުންގެ މަޢުލޫމާތު ދިނުމުގެ ސެޝަންތަކާއި ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަ ހަރަކާތްތަކާއި ކުރިމަގުގެ ތަސައްވުރު އެކަށައެޅުން ކުރިއަށްދާނެއެވެ. އިންތިހާބުގެ ނަތީޖާއާ ގުޅޭ ޝަކުވާއެއްވާނަމަ ޤަވާއިދާ އެއްގޮތަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް