އެމްއެމްއޭ-- ފޮޓޯ: ރާއްޖެ ޓައިމްސް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާއާބެހޭ ގަވާއިދަށް ގެނެސްފައިވާ ބަދަލާއެކު، ބޭރު ފައިސާ މާރުކުރުމުގެ ސުންގަޑި ވަނީ އަވަސްކޮށްފައެވެ.

ކުރިން މަސް ނިމޭތާ ތިންވަނައަށް އަންނަ މަހުގެ 28 ގެ ކުރިން ފައިސާ މާރުކުރަންޖެހުނު ނަމަވެސް، މިހާރު ފައިސާ މާރުކުރަންޖެހޭނީ ޖެހިގެން އަންނަ މަހުގެ 28 ގެ ކުރިންނެވެ. އެގޮތުން ސެޕްޓެމްބަރު މަހު ލިބޭ އާމްދަނީ އޮކްޓޯބަރު 28 ގެ ކުރިން މާރުކުރަންޖެހޭނެއެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކުން މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކަކަށް މާރުކުރަންޖެހޭނެއެވެ. ނަމަވެސް ބޭރު ފައިސާއިން ހަމަޖައްސަންޖެހޭ މާލީ އިލްތިޒާމުތައް ހުރި ފަރާތްތަކަށް އެކަމުގެ ލުއިތަކެއް ދިނުމުގެ އިޚްތިޔާރު މަރުކަޒީ ބޭންކަށް ވަނީ ދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް