ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) -- ފޮޓޯ: ރާއްޖެ ޓައިމްސް

މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޖުމްލަ 653 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް އެ ބޭންކުން ވަނީ ހާމަކޮށްފައެވެ. މިއީ މަހަކު އެވްރެޖްކޮށް 81 މިލިއަނަށްވުރެ ގިނަ ޑޮލަރެވެ.

ވަކިވަކި ދާއިރާތަކަށް ބަލާއިރު، އެންމެ ބޮޑު ހިއްސާއެއް ވިއްކާފައިވަނީ އޮންލައިން ވިޔަފާރިއާއި ދަތުރުފަތުރު ފަދަ ކާޑު މުއާމަލާތްތަކަށެވެ. އެއީ 304 މިލިއަން ޑޮލަރެވެ. ދެވަނައަށް އެންމެ ގިނައިން ޓީޓީ މެދުވެރިކޮށް ރާއްޖެއަށް މުދާ އެތެރެކުރުމަށް 214 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް 75 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން ތަޢުލީމީ ޚަރަދުތަކަށް 32 މިލިއަން ޑޮލަރު އަދި ސިއްޙީ ފަރުވާއަށް 27 މިލިއަން ޑޮލަރު ބޭންކުން ވަނީ ފޯރުކޮށްދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް