ރ. އަތޮޅު ދުވާފަރުގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް ގާއިމުކުރުމަށްޓަކައި އެ ރަށުގައި އިމާރާތքުރަމުންދާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށާއި، މިހާރު ކުރިއަށްދަނީ އެ އިމާރާތުގެ ކޮލަމް ކާސްޓިންގެ މަސައްކަތް ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
ޖުމްލަ 36.6 މިލިއަން ރުފިޔާއަށް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ފާއިތުވި އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، އޮފީސް އިމާރާތެއް ބިނާކުރުމާއި، ގައިދީން ބައިތިއްބާނެ ޚާއްސަ ސަރަހައްދެއް ހެދުމާއި، ގަރާޖެއް އެޅުމުގެ އިތުރުން މަރުކަޒުގެ ވަށައިފާރު ރޭނުން ހިމެނެއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް ގާއިމުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި މުހިންމު މަޝްރޫއަކީ، މި އަހަރުގެ ނިޔަލަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ފުރިހަމަކޮށް ކުށް މަދުކުރުމަށް ސަރުކާރުން މުހިންމު އިސްކަމެއްދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެގޮތުން މުޖުތަމައުއިން މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމާއި ގޭންގު މާރާމާރީތައް ހުއްޓުވުމަށް ސަރުކާރުން ވަރަށް ބޮޑަށް ބާރުއަޅަމުންދާކަން ފާހަގަކޮށްލެވެއެ





