ޤުރުއާން މުބާރާތުގެ ފައިނަލަށް 140 ބައިވެރިން ހޮވިއްޖެ

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ސެމީ ފައިނަލް ބުރުގައި ވާދަކުރި 379 ބައިވެރިންގެ ތެރެއިން، ފައިނަލް ބުރުން 140 ބައިވެރިން ޖާގަ ހޯދާފައިވާކަން ހާމަކޮށްފިއެވެ.

މި މަހުގެ 10 ވަނަ ދުވަހު ފެށި މި މުބާރާތުގެ ފައިނަލަށް ހޮވިފައިވަނީ ނުބަލައި ކިޔެވުމުގެ ބައިން 62 ބައިވެރިންނާއި، ބަލައިގެން ކިޔެވުމުގެ ބައިން 68 ބައިވެރިންގެ އިތުރުން ޙާފިޒުންގެ ބައިން 10 ބައިވެރިންނެވެ.

މިއަހަރުގެ މުބާރާތުގެ އޮނިގަނޑަށް މުހިންމު ބަދަލުތަކެއް ގެނެސް، މާލޭގެ އިތުރުން ރާއްޖޭގެ 20 ސަރަހައްދެއްގައި އޮޑިޝަން ބުރުތައް ކުރިއަށްގެންގޮސްފައިވާއިރު، މި އޮޑިޝަންތަކުގައި ޖުމްލަ 2،742 ބައިވެރިން ބައިވެރިވެފައިވެއެވެ.

ޤައުމީ މުބާރާތުގެ ފެންވަރު މަތިކޮށް ފުރިހަމަ މުބާރާތަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ ކަމެއް ކަމަށްވާއިރު، މި މުބާރާތުގެ ފައިނަލް ބުރުގެ ކިޔެވުން މާދަމާއިން ފެށިގެން މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް