ޓީވީ ވަގަށް ނެގި މީހާ

މީހުން ތިއްބައި ބަސް ސްޓޮޕަށް ވަދެ، އެތަނުގައި ހަރުކޮށްފައި ހުރި ޓީވީއެއް ވަގަށް ނެގި މީހަކު ހޯދުމަށް ފުލުހުން ސީސީޓީވީ ފޫޓޭޖާއެކު އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ. ހެންވޭރު ޕޮލިހުން ތަހުގީގުކުރަމުންދާ މި މައްސަލައިގައި ހޯދަމުންދަނީ އެއީ ކާކުކަން ދެނެގަނެވިފައި ނުވާ މީހެކެވެ.

ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަގޮތުގައި، ސްޓެލްކޯ ފުރަގަހުގައި ހުންނަ ބަސް ސްޓޮޕް ދޮރުމަތީގައި ފޯނެއްގައި ހުރުމަށްފަހު، އެ މީހާ އެތެރެއަށް ވަދެ ހަރުކޮށްފައި ހުރި ޓީވީ ނައްޓައިގެން ކިހިލީ ޖަހައިގެން ނިކުމެގެންދެއެވެ. އެ ވަގުތު ބަސް ސްޓޮޕްގެ ތެރޭގައި އެހެން މީހުން ތިބިކަން ވެސް ވީޑިއޯއިން އެނގެއެވެ.

އެހެންކަމުން، މި ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި މިފަދަ މީހުން ހޯދުމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް