އިކޮނޮމިކް މިނިސްޓަރު ސައީދު

ބްލެކް މާކެޓުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު، އުފުލުނު ޑޮލަރުގެ އެކްސްޗޭންޖް ރޭޓް މިހާރު ދަށްވާން ފަށާފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި ބަދަލުތަކާއެކު ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓް މިހާރު ވަނީ ކުރީގެ ސަރުކާރުގައި ހުރި މިންވަރަށް ތިރިވެފައެވެ.

ޤަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރާ ފަރާތްތަކާ ދެކޮޅަށް ތަންފީޒީ އިދާރާތަކުން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަންތަކުގެ ތެރެއިން، ނުގަވައިދުން ހިންގި 7 ތަނަކުން 76 މިލިއަން ޑޮލަރު ކަޅު ބާޒާރުގައި މާރުކޮށްފައިވާކަން ހާމަވެފައިވެއެވެ.

މީގެ ތެރޭގައި ރިސޯޓް ޗެއިންތަކާއި ސިޔާސީ ދާއިރާގެ މީހުންވެސް ޝާމިލުވާކަމަށް ހާމަކޮށްފައިވާއިރު، ސަރުކާރުން ދަނީ ބޭރު ފައިސާގެ އާމްދަނީ ލިބޭ ފަރާތްތަކާއެކު މަސައްކަތްކޮށް މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް