މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅިން ސިނަމާލެ ބުރިޖުގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކަހާލައިގެން ވެއްޓި، އިތުރު ސައިކަލަކާއި ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ޖުމުލަ ތިން މީހަކަށް އަނިޔާވެއްޖެއެވެ.
ރޭ 19:20 އެހައިކަންހާއިރު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ އެކްސިޑެންޓުވި ދެ ސައިކަލުގައި ތިބި މީހުންނަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން 20 އަހަރުގެ ދިވެހި ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. މ ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.





