އަޙްމަދު މަނިކު

ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި މ. މާކަރީ، އަޙްމަދު މަނިކު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ސިފައިންގެއާއި ދައުލަތުގެ އެކި ދާއިރާތަކުގައި ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަޙްމަދު މަނިކުގެ ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރައްވާފައެވެ.

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އަޙްމަދު މަނިކުގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން 2023 ވަނަ އަހަރު އޭނާއަށް ވަނީ "ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު" އަރުވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް