މޫސުމީ ރޯގާއާއި ބޭރަށްހިންގުން އިތުރުވަމުންދާތީ، އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ވިދާޅުވީ މި ދުވަސްވަރު އަރިދަފުސް ރޯގާގެ އިތުރުން ހޮޑުލުމާއި ބޭރަށް ހިންގުން ފެތުރޭ މިންވަރު މަތިވަމުންދާ ކަމަށެވެ. އެހެންކަމުން، މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ސައިބޯނިލައިގެން ގަވާއިދުން އަތްދޮވުމާއި، ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ގިނައިން ދިޔާތަކެތި ބޭނުންކުރުމަށް ވަނީ އެދިފައެވެ. އަދި ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ މާސްކު އެޅުމަށާއި، ބަލިވެ އުޅޭނަމަ ގޭގައި މަޑުކޮށް އަރާމުކުރުމަށް އިރުޝާދުދީފައިވެއެވެ.
⚠️ Flu & Diarrhoea cases are increasing!
Protect yourself and your loved ones from seasonal flu and diarrhoea with these simple precautions:
• Wash your hands regularly with soap and water
• Stay hydrated throughout the day
• Wear a mask if you are experiencing flu-like… pic.twitter.com/7yeXjc4DYw— Health Protection Agency (@HPA_MV) September 13, 2026
ޚާއްޞަކޮށް ބޭރަށް ހިންގާނަމަ ގިނަގިނައިން ލޮނުޕެކެޓާއި ފެން ބޭނުންކުރުމަށާއި، ބަލީގެ އަލާމާތްތައް މުޅިން ފިލައިގެންދާތާ މަދުވެގެން އެއް ދުވަސް ވަންދެން ސްކޫލަށާއި މަސައްކަތަށް ނުނިކުމެ ގޭގައި ތިބުމަށް އެޗްޕީއޭއިން ހަނދާންކޮށްދީފައިވެއެވެ.
މީގެއިތުރުން، މާ ބޮޑަށް ވަރުދެރަވުމާއި، އާދަޔާޚިލާފަށް ކަރުހިއްކުމާއި، ބޮލަށް އެނބުރުން އެރުން ނުވަތަ ގިނަގިނައިން ހޮޑުލެވޭނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.





