މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު؛ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފި

މޫސުން ގޯސްވެ، ބ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް މެޓް އޮފީހުން ހުދު ސަމާލު ނެރެފިއެވެ.

މިއަދު ހެނދުނު 8:00 އިން މެންދުރު 14:00 އަށް ނެރެފައިވާ މި ސަމާލުގައިވާގޮތުން، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

އަދި އާދިއްތަ، ހޯދަ އަދި އަންގާރަ ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ވިއްސާރަކުރާނެ ކަމަށާއި، ހުޅަނގާއި ހުޅަނގުއުތުރުން ޖެހޭ ވައިގެ ބާރުމިނާ އެކު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދަކަށް އަރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. އެހެން ކަމުން ކަނޑު ދަރތުރުފަތުރު ކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް