ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާއިން ޔަމަނުގެ މަޝްރަހުގެ ތެރެއަށް އަސްކަރީ ގޮތުން ތަދައްޚުލުވުމަށް އެ ގައުމުގެ ހޫޘީ ޖަމާއަތުން ބޭނުންނުވާ ކަމަށާއި، އެމެރިކާގެ އަމަލުތަކުގެ ސަބަބުން ސަރަހައްދީ ނުތަނަވަސްކަން އިތުރުވަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް ވިދާޅުވީ، ރަތްކަނޑުގެ ސަރަހައްދުގައި ހޫޘީން ހިންގަމުންދާ ހަރަކާތްތަކާއި އެ ގައުމުގެ މަޝްރަހުގެ ތެރެއަށް އެމެރިކާއިން ވަނުމަކީ ހޫޘީން އެދޭ ކަމެއް ނޫން ކަމަށެވެ. އަދި އެމެރިކާގެ މިހާރުގެ ސިޔާސަތުތަކުގެ ސަބަބުން އިރުމަތީ މެދުކަނޑާއި ރަތްކަނޑުގެ ދަތުރުފަތުރަށް ނުރައްކާވެ، ހަނގުރާމައިގެ މަޝްރަހު އިތުރަށް ގޯސްވަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ވާހަކަފުޅުތައް އައިސްފައިވަނީ ރަތްކަނޑުން ދަތުރުކުރާ އާގޯ ބޯޓުފަހަރަށް އަމާޒުކޮށް ހޫޘީން ދެމުންދާ ހަމަލާތަކާ ގުޅިގެން އެމެރިކާއާއި ބައިވެރިން އެ ސަރަހައްދުގައި އަސްކަރީ ހަރަކާތްތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ. ޓްރަމްޕް ވަނީ މެދުއިރުމަތީގެ ހަނގުރާމަތަކުގެ ތެރެއަށް އެމެރިކާ ސީދާ ގޮތެއްގައި ވަނުމުގެ ބަދަލުގައި، ސަރަހައްދީ ސިޔާސަތުތަކަށް އިސްކަންދޭންޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ.

މިކަމާ ގުޅޭގޮތުން ހޫޘީންގެ މަސްއޫލުވެރިން ކުރިންވެސް ވިދާޅުވެފައިވަނީ، ރެޑްސީ އާއި ބާބުލް މަންދަބު ސަރަހައްދުގައި އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތަކަކީ ސަރަހައްދީ ސިޔާދަތަށް އަރައިގަތުން ކަމަށާއި، ބޭރުގެ އެއްވެސް ބާރަކުން ޔަމަނުގެ ކަންކަމުގެ ތެރެއަށް ތަދައްޚުލުވުމަށް ފުރުސަތު ނުދޭނެ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް