ރާއްޖެއާއި އިނގިރޭސިވިލާތުން ދިފާއީ ދާއިރާއިން މަޝްވަރާކޮށްފި

ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެގޮތުން، ދިފާއީ ދާއިރާއިން ދެ ގައުމު ގުޅިގެން ކުރިއަށް އޮތްތަނުގައި ހާސިލްކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންދިޔައީ ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަމީލާ އަލީ ހާލިދު، ދިފާއީ އަދި ވަތަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ އަރިހަށް ކުރެއްވި ޚާއްޞަ އިޙުތިރާމުގެ ޒިޔާރަތެއްގެ ތެރެއިންނެވެ.

ދިފާއީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ ގައުމުގެ ދިފާއީ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ސަލާމަތީ ކަންކަމުގައި އެއްބާރުލުންދެވޭނެ އިތުރު ދާއިރާތަކާ ބެހޭގޮތުން ފުޅުދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

މީގެ އިތުރުން، ދިވެހި ސިފައިންގެ ގާބިލުކަން  އިތުރުކުރުމާއި، ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

މި މުހިންމު ބައްދަލުކުރެއްވުމުގައި ދިފާއީ ވަޒީރު ޙަސަން ރަޝީދުގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީ ވެސް ބައިވެރިވެވަޑައިގެންނެވުމަކީ މި ދާއިރާއިން ކުރެވޭ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް