ހއ. މޮޅަދޫގައި ތަރައްޤީކުރާ އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެ ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ކޯޓުގެ ކަރަންޓު ވަޔަރިންގއާ ގުޅޭ ބައެއް މަސައްކަތްތަކެވެ.
މި މަޝްރޫޢަކީ އަތޮޅުތެރޭގެ ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ފުޅާ ދާއިރާއެއްގެ ދަށުން ހިންގޭ މަސައްކަތެކެވެ.
އެގޮތުން، ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް އިސްކަންދީގެން، މިހާރުވެސް ރާއްޖޭގެ 10 ރަށެއްގައި ވޮލީ ކޯޓު ހެދުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ.
މީގެއިތުރުން، އެކި ރަށްރަށުގައި އައުޓްޑޯ ޖިމްތަކާއި ކުޅިވަރު ކުޅެވޭނެ އެހެނިހެން ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ބާރަށް ކުރިއަށްދަނީއެވެ





