މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން، ހުޅުމާލޭގައި އެ އޮތޯރިޓީގެ އާ އޮފީސް އިމާރާތް ކޮންޓްރެކްޓަރ ފައިނޭންސިން އުސޫލުން ބިނާކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.
ހުޅުމާލޭގެ 8،064 އަކަމީޓަރުގެ ބިމެއްގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ މި އިމާރާތަކީ، ދައުލަތުގެ ހަޒާނާއާއި ބޭންކުތަކުގެ ފައިސާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ބޭނުންވާ އެންމެ މަތީ ސަލާމަތީ މިންގަނޑުތަކަށް ފެތޭ ގޮތަށް ފަރުމާކުރެވޭ ތަނެކެވެ.
މި އިމާރާތުގައި އިދާރީ އޮފީސްތަކުގެ އިތުރުން ފައިސާ ގެންގުޅުމަށް ހާއްސަ ސަރަހައްދުތަކާއި، ޓްރެއިނިންގ އަދި ކޮންފަރެންސް ހޯލުތަކުގެ އިތުރުން މާލީ އިދާރާތަކަށް ހާއްސަ ޔުނިޓްތައްވެސް ހިމެނޭނެއެވެ.
މި ޕްރޮޖެކްޓުގެ ބޮޑުބައި، އެއީ 85 އާއި 90 ޕަސެންޓާ ދެމެދުގެ ފަންޑިންގ ހަމަޖައްސަންޖެހެނީ މަސައްކަތް ކާމިޔާބުކުރާ ކޮންޓްރެކްޓަރެވެ. އަދި ބާކީވާ ބައި އެމްއެމްއޭ އިން ހަމަޖައްސައިދިނުމަށް ވަނީ ނިންމާފައެވެ.
މަރުކަޒީ ބޭންކުގެ މި މުހިންމު މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލެވިފައެ





