ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އެމްޓީސީސީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބީއެމްއެލް ކުރިމަތީ އޮންނަ ޕާކިން ޒޯން -- ފޮޓޯ/ އެމްޓީސީސީ

މާލޭ ބޭރުމަގުގައި އަލަށް ތަރައްގީކުރި ޕާކިން އޭރިއާގައި އުޅަނދުތައް ޕާކުކުރުމަށް ވަކި ފީއެއް ނަގަން ފަށަން ނިންމައިފިއެވެ.

ޓްރެފިކް ބާރުބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ގާއިމުކުރި މި ސަރަހައްދުގައި ޕާކުކުރެވޭނީ ކަނޑައެޅިފައިވާ ވަކި އުސޫލެއްގެ ދަށުންނެވެ.

މި އިންތިޒާމުގެ ދަށުން އެ ސަރަހައްދުގައި އުޅަނދުތައް ޕާކުކުރުމަށް ކުޑަ އަގެއްގެ ފީއެއް ކަނޑައަޅައި، ވަގުތު ގުނޭ އުސޫލުން ހިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޕާކިން ޒޯނު ބޭނުންކުރާ ފަރާތްތަކުން ޕާކުކުރާ ވަގުތަށް ބަލައި ކަނޑައެޅިފައިވާ އަދަދަށް ފައިސާ ދައްކަން ޖެހޭނެއެވެ.

މާލޭގެ މަގުތަކުގައި ތޮއްޖެހުން ކުޑަކުރުމަށާއި، ބޭރުމަގުގައި އުޅަނދުތައް ގަވާއިދާ ހިލާފަށް ޕާކުކުރުން ހުއްޓުވުމަށް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އާންމުންނަށް ލުއިފަސޭހަވާނެހެން ޕާކިން ޖާގަތައް އިތުރުކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ.

ބޭރުމަގުގެ އާ ޕާކިން ޒޯނުން ފީ ނަގަން ފެށުމާއެކު، ދިގު މުއްދަތަކަށް އުޅަނދުތައް ބަހައްޓާފައި ބެހެއްޓުން މަދުވެ، ގިނަ ބަޔަކަށް އެ ސަރަހައްދުން ޕާކިން ޖާގަ ލިބުމަށް މަގުފަހިވެގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް