ދަރަވަންދޫ ބަނދަރު މަޝްރޫއުގެ ކުއޭ ވޯލް ޝިޕްމެންޓް ގެނެސްފި

ބ. ދަރަވަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ބާރުމުވެސްމާއެކު ކުރިއަށްދާކަމަށާއި، އެގޮތުން ކުއޭ ވޯލް ޝިޕްމެންޓްގެ އެންމެ ފަހުގެ ބައި ރަށަށް ގެނެވިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތުގެ ތެރެއިން މިވަގުތު ކުރިއަށްދަނީ ރޮކް ޕްރޮފައިލިންގގެ މަސައްކަތް ކަމަށް އެ ކުންފުނިން ވިދާޅުވެފައިވެއެވެ. ޖުމުލަ 55.48 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން، އާ ހާބަރ ބޭސިން ފުންކުރުމާއި، ކުރިން ފުންކޮށްފައިވާ ފަޅާއި ނެރު އަލުން ފުންކުރުމުގެ އިތުރުން ބޭރުތޮށިލުމާއި، ރިވެޓްމެންޓާއި، އެއްގަމުތޮށި އަދި ގްރޮއިން ޖެހުން ހިމެނެއެވެ.

އަދި މީގެ އިތުރުން ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ބިނާކުރުމާއި، ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނޭއިރު، މުޅި ބަނދަރަށް ބޭނުންވާ އަލިކަން ފޯރުކޮށްދިނުމަށް ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް