ރާއްޖެއާއި ޔޫއޭއީގެ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި

ރާއްޖެއާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާ ދެމެދު ވިޔަފާރިއާއި ފަތުރުވެރިކަން ހިމެނޭ ގޮތަށް ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތޯރިގް އިބްރާހިމް، އެ ޤައުމުގެ އިކޮނޮމިކް އެންޑް ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ ބިން ޠޫޤް އަލް މާރީއާ ބައްދަލުކުރައްވައި ދެއްކެވި މި ވާހަކަފުޅުގައި، ދެ ޤައުމުގެ އިޤްތިޞާދީ ލަނޑުދަނޑިތައް ޙާޞިލުކުރުމަށާއި އައު ފުރުޞަތުތައް ހޯދުމަށް ގުޅިގެން މަސައްކަތްރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.

ޔޫއޭއީއަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ މުހިންމު ޤައުމެއްކަން ފާހަގަކުރައްވައި، މިއަހަރުގެ މިހާތަނަށްވެސް އެ ޤައުމުން 3،100 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން އެ ބައްދަލުވުމުގައި ވަނީ ހާމަކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް