ހިޔާ ފްލެޓްތަކުގެ ކުޑަދޮރުތަކުގައި ގްރިލް ހަރުކުރަން ފަށައިފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައިވާ އެޕާޓްމަންޓް އިމާރާތްތަކުގެ ބެލްކަނީ އާއި ކުޑަދޮރުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް އެދިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ރަސްމީކޮށް ފަށައިފިއެވެ.

އެއްމެދު އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިންގ ފަދަ ތަންތަން ގަވާއިދަށް ފެއްތުމަށާއި މަރާމާތުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ފެށި މި މަސައްކަތުގެ ދަށުން، ހިޔާ ފްލެޓްތަކުގެ ތެރެއިން އެހީތެރިކަމަށް އެދުނު ބައެއް އެޕާޓްމަންޓްތަކުގެ ކުޑަދޮރުތަކުގައި ގްރިލް ހަރުކުރުމުގެ އަމަލީ މަސައްކަތް އިއްޔެ ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

އުސް އިމާރާތްތަކުގައި ދިރިއުޅޭ ޚާއްޞަކޮށް ކުޑަކުދިން ތިބޭ ޢާއިލާތަކަށް ރައްކާތެރި އަދި ހިތްހަމەޖެހޭ މާހައުލެއް ޤާއިމުކޮށްދިނުމަށް ފެށި މި ސިލްސިލާ މަސައްކަތް، އެހީތެރިކަމަށް އެދޭ އިތުރު ފްލެޓްތަކުގައިވެސް ކުރިއަށް އޮތްތަނުގައި މެދުނުކެނޑި ކުރިއަށްދާނެ ކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަވަސް ޙައްލު ހޯދައިދިނުމަށް އެޗްޑީސީން އަބަދުވެސް ޚާއްޞަ އިސްކަމެއް ދޭނެ ކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް