ފުލުހަކަށް ހަމަލާދިން މީހެއްގެ ބަންދަށް 20 ދުވަސް ޖަހައިފި

ފުލުހެއްގެ ގައިގައި ޖަހައި ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 20 ދުވަސް ޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާގެ މައްޗަށް ޤާނޫނު ތަންފީޒުކުރުމަށް ހުރަސްއެޅުމާއި، މާރާމާރީ ހިންގުމާއި އަދި ބިރުދެއްކުމުގެ ތުހުމަތުކުރެވޭ ކަމަށް ކޯޓު އަމުރުގައި ވެއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ޤާނޫނީ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި، ފުލުހުންގެ ގައިގައާއި ބޮލުގައި އޭނާ ޖަހާފައިވާކަން ފުލުހުންގެ ބަޔާންތަކާއި ސީން ރިޕޯޓާއި އަދި މެޑިކޯ-ލީގަލް ރެކޯޑްސްފަދަ ހެކިތަކުން އެނ‎ގޭ ކަމަށް ކޯޓުން ފާހަގަކޮށްފައިވެއެވެ.

ދިފާއުން ޝަރުތުތަކާއެކު އޭނާ ދޫކޮށްލުމަށް އެދުނު ނަމަވެސް، ހުށަހެޅިފައިވާ ހެކިތަކަށް ރިއާޔަތްކޮށް ކޯޓުން ވަނީ 20 ދުވަހުގެ މުއްދަތަކަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް