މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޗެއާމަންކަމުގެ މަގާމަށާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް، މ. ލާލުބާއު، އަޙްމަދު ޝަހީރު ޕްރައިވަޓައިޒްޑް އެންޑް ކޯޕަރޭޓައިޒްޑް ބޯޑް (ޕީސީބީ) އިން އައްޔަންކުރައްވައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ޕީސީބީން މިއަދު ސޯޝަލް މީޑިއާ ޕްލެޓފޯމް 'އެކس' ގައި ހިއްސާކުރެއްވި ޚާއްޞަ ޕޯސްޓެއްގައެވެ.
އަޙްމަދު ޝަހީރަކީ ދައުލަތުގެ ބޮޑެތި ކުންފުނިތަކުގައި އިސް މަގާމުތަކެއް ފުރުއްވައި، ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އެގޮތުން އެންމެ ފަހުން އޭނާ ހުންނެވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންގެ މަގާމުގައެވެ.
މީގެ އިތުރުން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި، 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރުކަންވެސް ޝަހީރު ވަނީ ކުރައްވާފައެވެ. އެސްޓީއޯގައި ޖުމްލަ 29 އަހަރު ހޭދަކުރައްވާފައިވާ ޝަހީރު، އެމްޑීގެ މަގާމަށް ވަޑައިގަތުމުގެ ކުރިން އެ ކުންފުނީގެ ޕްރޮކިއުމެންޓް ހެޑްގެ މަގާމުވެސް ފުރުއްވާފައިވެއެވެ. އަދި އެސްޓީއޯގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަންވެސް އޭނާ ވަނީ މީގެ ކުރިން ކާމިޔާބުކަމާއެކު އަދާކުރައްވާފައެވެ.





