އެންޑީއޭ

ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ މައި އޮފީސް ހުޅުމާލޭގައި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢުގެ ދަށުން އެ އިދާރާގެ ހިންގުން ހަރުދަނާކޮށް، ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ޒަމާނީ ފެންވަރުގެ ހެޑް އޮފީހެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެންޑީއޭގެ އޮފީސް އިމާރާތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި ޝަރުޠުތަކާ އެއްގޮތަށް ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތަކަށެވެ.

މި އިމާރާތް ގާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ މަސްތުވާތަކެތީގެ މައްސަލަތަކަށް ފަރުވާ ދިނުމާއި، އެ ތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތްތައް އެއް ފުރާޅެއްގެ ދަށުން ވިލަރެސްކުރުމެވެ. އަދި އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ވެސް މި އާ އިމާރާތުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.

އެންޑީއޭގެ ހިންގުމަށް ގެންނަ މި ބަދަލާއެކު، ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެ އިދާރާއިން ދެކެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް