60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީ ލިބޭ މީހުން އާސަންދައަށް އަގު ދައްކަން ޖެހޭ ގޮތަށް ހަދަނީ

މަހަކު 60،000 ރުފިޔާއަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުން އާސަންދަ ނިޒާމަށް އަގު ދައްކަން ޖެހޭ ގޮތަށް އުސޫލު ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މި ބަދަލު ގެނައުމަށް ނިންމާފައިވަނީ ދައުލަތުން ސިއްހީ އިންޝުއަރެންސަށް ކުރަމުން އަންނަ ހޭދަ ކުޑަކޮށް، އެ ނިޒާމަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭ ނިޒާމަކަށް ހެދުމުގެ ގޮތުންނެވެ.

މި އާ އުސޫލުގެ ދަށުން މަތީ އާމްދަނީ ލިބޭ މީހުންނާއި އިންކަމް ޓެކްސް ދައްކާ ފަރާތްތަކަށް މީގެ ކުރިން ލިބެމުން އައި ފުލް ކަވަރޭޖް ހިލޭ ލިބުމުގެ ބަދަލުގައި، ހިދުމަތް ހޯދުމަށް ވަކި ފީއެއް ދައްކަން ޖެހޭނެއެވެ. އެގޮތުން ހިދުމަތް ދިނުމުގައި ކޯ-ޕޭ ނުވަތަ ޕްރީ-ޕޭ އުސޫލުން އަދަދުތަކެއް ކަނޑައެޅިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ސަރުކާރުގެ މި ނިންމުމާއެކު ދައުލަތުގެ ބަޖެޓުން އާސަންދައަށް ކުރާ ހޭދައިން ބޮޑު ބައެއް ސަލާމަތް ކުރެވޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. އަދި މިގޮތަށް ސަލާމަތްކުރެވޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރައްޔިތުންނަށް އެންމެ ބޭނުންތެރި އެހެނިހެން އަސާސީ ކަންކަން ފުރިހަމަކޮށްދިނުމަށެވެ.

މި ބަދަލު ތަންފީޒުކުރުމަށްޓަކައި އެކުލަވާލަން ޖެހޭ އުސޫލުތަކާއި އިތުރު ތަފުސީލުތައް ކަމާބެހޭ އިދާރާތަކުން ކުރިއަށް އޮތް ތަނުގައި އާންމުކުރާނެ ކަމަށް ހާމަކޮށްފައިވެއެވެ. މީގެ އިތުރުން ވެސް އާސަންދަ ނިޒާމު ހަރުދަނާ ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަމުންދާ ކަން ފާހަގަކުރެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް