ހެލްމެޓް ވަގަށް ނެގި 2 މީހުން

ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން، ވީޑިއޯއިން ފެންނަ ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން ވިދާޅުވި ގޮތުގައި މި ދެ މީހުންނަކީ ކޮން ބައެއްކަން މިހާތަނަށް ކުރެވުނު މަސައްކަތުން ދެނެގަނެވިފައި ނުވާތީ، އެ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް އޮތީ ނުނިމިއެވެ. މި މައްސަލައިގެ ތަހުގީގަށް އެ ދެ މީހުން ހޯދުމަކީ މުހިންމު ކަމަކަށް ވާތީ، އެ މީހުންގެ ވީޑިއޯ ފުލުހުން ވަނީ އާންމުކޮށްފައެވެ.

އެހެންކަމުން، ވީޑިއޯއިން ފެންނަ ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9393351 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ.

ފުލުހުންގެ ތަހުގީގުތަކަށާއި އެކި މައްސަލަތަކުގައި ހޯދަން ބޭނުންވާ މީހުން ހޯދުމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުންގެ މުއައްސަސާއިން ވަނީ އެކަމަށްޓަކައި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް