ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޮބޮޓް ބޭނުންކޮށްގެން ކުރާ އޮޕަރޭޝަން ނުވަތަ ރޮބޮޓިކް ސާޖަރީގެ ޚިދުމަތް އޭޑީކޭ ހޮސްޕިޓަލުން ރަސްމީކޮށް އިފްތިތާހުކޮށް، ކަކުލު ހުޅު ބަދަލުކުރުމުގެ ދެ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ޚިދުމަތް ތައާރަފުކުރުމަކީ ރާއްޖޭގައި މެޑިކަލް ޓޫރިޒަމް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ހޮސްޕިޓަލުން ހާމަކުރެއެވެ.
އައު ޚިދުމަތް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭޑީކޭ ގްރޫޕުގެ ފައުންޑަރު އަދި ޗެއާމަން އަހުމަދު ނާޝިދު ފާހަގަކުރެއްވީ، ޒަމާނީ މެޝިނަރީއާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ކުރިއަށް އޮތް ތަނުގައިވެސް އިންވެސްޓްކުރާނެ ކަމަށެވެ. އެގޮތުން ދިވެހިން ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު މަދުކުރުމަށް އެންމެ ފަހުގެ ފަރުވާތައް ރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖައްސައި، ކަކުލު ހުޅު ބަދަލުކުރުމުގެ ޚިދުމަތާއެކު މެޑިކަލް ޓޫރިޒަމަށް ފަހި ޕެކޭޖުތަކެއް ތައްޔާރުކުރެވޭނެ ކަމަށް އޭނާ ބަޔާންކުރެއްވިއެވެ.
މީގެ އިތުރުން ކެންސަރު ބަލީގެ ފަރުވާ ކުރިއެރުވުމަށް ޚާއްސަ އިސްކަމެއް ދެމުންދާކަން ހާމަކުރައްވަމުން، އެންސްޕާގެ ބަޖެޓުގެ 20 އިންސައްތަ އެ ބައްޔަށް ޚަރަދުވާތީ އެ ޚިދުމަތް އެއް އަހަރު ދުވަހުގެ ތެރޭގައި ފެށުމަށްޓަކައި ހެލްތު މިނިސްޓްރީއަށާއި އިކޮނޮމިކް ކައުންސިލަށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް ނާޝިދު ވިދާޅުވިއެވެ. އަދި މި މަސައްކަތަށް ބޭނުންވާ ބަޖެޓާއި ތައްޔާރީތައް ފުރިހަމަކޮށްފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ކުރީގެ ސިއްހީ ވަޒީރު ޑރ. އަހުމަދު އަބްދުﷲ ގެ އިތުރުން ޑރ. އޭ.ބީ ގޮވިންދަރާޖް އަދި ޑރ. އަރުމުގަމް ސުބްރަމާނިއަން ވަނީ ސިއްހީ ދާއިރާ ކުރިއެރުވުމުގައި އޭޑީކޭއިން އަދާކުރާ ދައުރާއި ރޮބޮޓިކް ސާޖަރީގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ސިއްހީ ދާއިރާއިން ރާއްޖެއަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ގައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ ހިތްވަރު ފާހަގަކޮށް، އޭޑީކޭ ހޮސްޕިޓަލުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކޮށްފައެވެ.
ޚުލާސާ:





