ކިނޮޅަސް ފުޓްސެލް ދަނޑުގެ ފްލާސްޓަރިންގާއި ކުލަލުމުގެ މަސައްކަތް ފަށައިފި

ރ. ކިނޮޅަސް ފުޓްސެލް ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ 200 މީޓަރުގެ ސަރަޙައްދެއްގައި ފްލާސްޓަރު އެޅުމާއި ކުލަލުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ټްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 1.7 މިލިއަން ޑޮލަރުގެ މި މަޝްރޫޢަކީ 120 ދުވަސް ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ

މި މަޝްރޫޢުގެ ދަށުން ދަނޑުގެ ކޮންކްރީޓް މަސައްކަތްތަކުގެ އިތުރުން ވަށާފާރު ރޭނުމާއި، ފެންސް ޖެހުމާއި، ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތްތައް ހިމެނޭ ކަމަށް އެމްޓީސީސީއިން މައުލޫމާތު ދެއެވެ. އެ ކުންފުނިން ފާހަގަކުރި ގޮތުގައި، މި މަޝްރޫޢަކީ ކިނޮޅަހުގެ ޒުވާނުންނަށް ކުޅިވަރުގެ ފުރިހަމަ ވަސީލަތްތައް ތަރައްޤީކޮށް ފޯރުކޮށްދިނުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް