އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގެ ވާދަކުރުމުގެ ބައިން ރަށްތަކާއި ސިޓީ ކައުންސިލްތަކުގެ ދާއިރާއިން ބައިވެރިވުމުގެ މުއްދަތު މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ އިސްނެންގެވުމަށް ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމުކުރާ މި މައުރަޒުގައި ބައިވެރިވުމަށް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ. މި އަހަރުގެ މައުރަޒުގައި ބައިވެރިވުމަށް މިހާތަނަށް 700 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވާ އިރު، މިއީ 2025 ވަނަ އަހަރު ބޭއްވި އެކްސްޕޯގައި ބައިވެރިވި 240 ފަރާތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.

މި އަހަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު "އުފެއްދުންތެރިކަމުގެ އަހަރު" ގެ ގޮތުގައި ކަނޑައަޅުއްވާފައިވާ އަހަރު ކަމަށްވާތީ، ބީސީސީގެ އަމާޒަކީ ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތަކާއި ޚިދުމަތްތައް މާކެޓްކުރުމަށް އެންމެ ފަހި ފުރުސަތުތަކެއް ހޯދައިދިނުމެވެ. އެގޮތުން، 16 ދާއިރާއަކުން 73 ގިންތިއެއްގެ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމުގެ ފުރުސަތު މި މައުރަޒުގައި ލިބިގެންދާނެއެވެ. މިއީ އުމުރުން 13 އަހަރުން މަތީގެ ދިވެހިންނަށާއި، އަމިއްލަ ވިޔަފާރިތައް، ސަރުކާރު ކުންފުނިތައް، ތައުލީމީ މުއައްސަސާތައް، ކައުންސިލްތައް އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ހުޅުވާލެވިފައިވާ މައުރަޒެކެވެ.

މި މައުރަޒުގެ މައިގަނޑު މަޤްސަދަކީ ދިވެހީންގެ އުފެއްދުންތެރިކަން ކުރިއަރުވައި، ވިޔަފާރިވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރުމުގެ ފުރުސަތު ފުޅާކޮށްދިނުމެވެ. ކުރިއަށް އޮތް އޮކްޓޫބަރު މަހުގެ 23 އިން 31 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މައުރަޒަކީ ދިވެހި އުފެއްދުންތެރިންގެ ހުނަރާއި އުފެއްދުންތެރިކަން އެއްފުރާޅެއްގެ ދަށުން ފެނިގެންދާނެ ބޮޑު ހަރަކާތެކެ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް