ރާއްޖޭގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ، އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފިއެވެ.
އެ އެޖެންސީން ހާމަކުރި ގޮތުގައި މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން ފެތުރުން ވަނީ އިތުރުވާން ފަށާފައެވެ. މި ބަލިން ރައްކާތެރިވުމަށްޓަކައި ޒާތީ ސާފުތާހިރުކަމަށް އިސްކަންދިނުމާއި، ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިންނާއި ފާޚާނާ ބޭނުންކުރުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން ފަދަ އާދަތައް އަށަގެންނެވުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ބަލިޖެހިއްޖެނަމަ ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި ލޮނުޕެކެޓާއި ސޫޕް އަދި ފެން ފަދަ ދިޔާތަކެތި ގިނައިން ބޭނުންކުރުމަށް ސިއްހީ އިދާރާތަކުން އިރުޝާދު ދެއެވެ. އަދި ކާބޯތަކެތި ތައްޔާރުކުރާއިރު ސާފުތާހިރު ފެން ބޭނުންކުރުމަށާއި، ރޯކޮށް ކާ ތަކެތި ރަނގަޅަށް ދޮވެގެން ބޭނުންކުރުމަށްވެސް ވަނީ އެދިފައެވެ.
ބޭރަށް ހިންގުމާއެކު މާބޮޑަށް ވަރުދެރަވުމާއި، ގިނައިން ހޮޑުލެވުމުގެ ސަބަބުން ދިޔާތަކެތި ބޭނުން ނުކުރެވޭނަމަ އަދި އާދަޔާ ޚިލާފަށް ކަރުހިއްކުން ފަދަ އަލާމާތްތައް ފެންނަނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުމަށް ސިއްހީ ފަރާތްތަކުން އިލްތިމާސްކުރެއެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ބަލީގެ އަލާމާތްތައް ހުންނަ މީހުން އާންމު ތަންތަނަށް ނުނިކުތުމަކީވެސް އެދެވިގެންވާ ކަމެ





