ބެލްކަނިތައް މަރާމާތުކުރަން އެޗްޑީސީން އެހީވާން ހުޅުވާލައިފި

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައިވާ އެއްމެދު އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިންގ ފަދަ ތަންތަން މަރާމާތުކޮށް، ސަލާމަތީ ގަވާއިދުތަކަށް ފެއްތުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެޗްޑީސީން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މިއީ އެ ކޯޕަރޭޝަންގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރު) ގެ ދަށުން އާންމުންނަށް ފޯރުކޮށްދޭ ޚާއްޞަ އެހީތެރިކަމެއް ކަމަށެވެ.

މި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެކަމަށް އެދޭ ފޯމު ހުށަހަޅަންޖެހޭނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. އަދި މި ކަމާ ގުޅޭ އިތުރު ތަފްސީލީ މައުލޫމާތު އެ ކޯޕަރޭޝަންގެ އޮފިޝަލް ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

އުސް އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޗްޑީސީން އިސްނަގައިގެން މި މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިންނެވެ. މީގެ ކުރިންވެސް އެޗްޑީސީން ވަނީ ހުޅުމާލޭގެ އިމާރާތްތަކުގެ ބެލްކަނިތަކާއި ސަލާމަތީ ވަސީލަތްތައް ބަލައިފާސްކޮށް، އާންމުންގެ ރައްކާތެރިކަން ޔަޤީންކުރުމުގެ މަސައްކަތްތަކެއް ކުރިއަށްގެންދާނެކަން އިއުލާނުކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް