ހުޅުމާލޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ހުންނަ ކޭޕީއެސް ކައިރީގައެވެ. މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 08:54 އެހައިކަންހާއިރުއެވެ.

މަގުމަތީގައި ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހި ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ އެ ދެ ސައިކަލު ދުއްވަން ތިބި ދެ މީހުންނަށެވެ. އެ މީހުންނަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށްޓަކައި ވަގުތުން ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އެ ދެ މީހުންނަށް މިހާރު ދަނީ އެ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް