ގެއްލިގެން ހޯދި ކުއްޖާ އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެ

ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ލ. މުންޑޫ، މަރްޔަމް މާއީ ޖަމީލް (25އ) އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެއެވެ.

މާލޭގައި ދިރިއުޅެމުންދާ މާއީ ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އާއިލާގެ ރިޕޯޓާ ގުޅިގެން އޭނާ ހޯދުމުގެ މާލޫމާތު ހޯދުމަށް ފުލުހުން ވަނީ އޭނާގެ ފޮޓޯއާއެކު އާންމުންގެ އެހީތެރިކަމަށްވެސް އެދިފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި، ހޯދަމުންދިޔަ މާއީ ވަނީ މިއަދު އަމިއްލައަށް ހެންވޭރު ޕޮލިސް ސްޓޭޝަނަށް ގުޅައި، އެ ސަރަހައްދުގެ ފުލުހުންގެ އިދާރާއަށް ހާޒިރުވެފައެވެ.

ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި އޭނާގެ ހާލު ރަނގަޅެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް