ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓުކުރުމާ ގުޅިގެން، މާލޭގައި ދިރިއުޅެމުންދާ 25 އަހަރުގެ މަރްޔަމް މާއީ ޖަމީލް (ލ. މުންޑޫ / ގުލްޒާރުގެ) ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ފަށާފައެވެ.
ފުލުހުން މަޢުލޫމާތު ދެއްވާގޮތުގައި، އޭނާ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 1 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
މަރްޔަމް މާއީ ޖަމީލާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9400053 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.





