ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ހާއްސަ އެކުވެރިކަމުގެ ހިނގާލުން

ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ އެކުވެރިކަމުގެ ހިނގާލުން، މިހިނގާ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ހެނދުނު މާލޭގައި ބާއްވައިފިއެވެ.

މާލޭގެ ޖުމްހޫރީ މައިދާނުން ހެނދުނު 6:00 ގައި ފެށި މި ހިނގާލުމުގައި، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ ޚިދުމަތުގެ އިސް ވެރިންނާއި ގިނަ ޢަދަދެއްގެ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަރަކާތަކީ ފުލުހުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅުވައިގެން މާލޭގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުގައިވެސް ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ. އެގޮތުން މާލޭގައި ކުޑަކުދިންގެ ހަވީރަކާއި، ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް ޚާއްޞަކޮށްގެން ބާއްވާ "ބްލޫސް ފެމިލީ ނައިޓް" ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، އަތޮޅުތަކުގެ ޕޮލިސް ކޮމާންޑްތަކުން ވެސް މި މުނާސަބަތު ފާހަގަކުރުމަށްޓަކައި އެކި ހަރަކާތްތައް ހިންގަމުންދާއިރު، ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިހިނގާ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ.
ޚުލާސާ:

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް