426 ބިދޭސީން ފާސްކޮށް، 13 ބިދޭސީން އިމިގްރޭޝަން ބެލުމުގެ ދަށަށް

މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން އިތުރު ބިދޭސީންތަކެއް ބަލައި ފާސްކޮށްފިއެވެ.

މިއީ ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށްގެން، އިމިގްރޭޝަންގެ ޓާސްކްފޯސްއިން އިއްޔެ ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، އިއްޔެ ކުރިއަށްދިޔަ މި އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 426 ބިދޭސީއަކާ ސުވާލުކޮށް ބަލައި ފާސްކޮށްފައިވެއެވެ. އަދި މީގެ ތެރެއިން ރާއްޖޭގައި އުޅުމުގެ ސައްހަ ވިސާއެއް ނެތި، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 13 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި މިދިޔަ އަހަރާއި މި އަހަރުގެ ތެރޭގައި އިމިގްރޭޝަނުން ވަނީ ވަރަށް ގިނަ ރެއިޑް އޮޕަރޭޝަންތަކެއް ހިންގާފައެވެ.

މި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގަނެފައިވާއިރު، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންނަ މީހުން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކޮށް، އެ މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ވެސް ކަމާބެހޭ އިދާރާތަކުން ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް