ސްކޭމް

ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އޮގަސްޓް މަހު ރިޕޯޓުކުރި 184 ސްކޭމް މައްސަލައިގައި އާންމުންގެ އަތުން 1,962,260.38 ރުފިޔާ ވަނީ ގެއްލިފައެވެ. ނަމަވެސް، ފުލުހުންނާއި ކަމާބެހޭ އިދާރާތައް ގުޅިގެން ކުރި މަސައްކަތުން އޭގެ ތެރެއިން 1,129,106.87 ރުފިޔާ ވަނީ އަނބުރާ ހޯދައިދީފައެވެ.

އެންމެ އާންމުކޮށް ހިންގާފައިވާ ސްކޭމްގެ ބާވަތްތައް:

  • އީ-ކޮމާސް (އޮންލައިން ވިޔަފާރި) ސްކޭމް: 79 މައްސަލަ

  • ބޭރު ފައިސާ މާރުކުރުމުގެ މައްސަލަތައް: 43 މައްސަލަ

  • ބުކިންގ ކެންސަލް / ރިފަންޑް މައްސަލަތައް: 20 މައްސަލަ

  • ދަންނަ މީހުންގެ ނަމުގައި ގުޅައިގެން/މެސެޖުކޮށްގެން: 18 މައްސަލަ

  • އަންއޮތޮރައިޒްޑް ޓްރާންސެކްޝަން: 12 މައްސަލަ

  • އެހެނިހެން: 12 މައްސަލަ

ސްކޭމް ހިންގުމަށް ބޭނުންކުރާ މަންސަތައް:

  • ރާއްޖޭގައި ހިންގާ ސްކޭމްތަކުގެ ⁦99%⁩ ހިންގަނީ ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށެވެ.

  • ސޯޝަލް މީޑިއާ ސްކޭމްތަކުގެ ⁦95%⁩ ހިއްސާކުރަނީ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގާ މަކަރާއި ހީލަތެވެ.

  • މީގެ އިތުރުން އޮންލައިން މެސެޖިންގ އެޕްތަކާއި، އައިބޭ، ފޯން ކޯލު އަދި ފިޝިންގ ލިންކުތައް ބޭނުންކުރެއެވެ.

އޮންލައިންކޮށް ފެންނަ އިޝްތިހާރުތަކާއި ލިބޭ މެސެޖު/ކޯލުތަކަށް ސަމާލުވުމަށާއި، ފައިސާގެ މުއާމަލާތެއް ކުރުމުގެ ކުރިން މުއާމަލާތް ކުރެވެނީ ކާކާތޯ ޔަގީންކުރުމަށާއި، އަވަސް އަރުވާލައިގެން ފައިސާ ފޮނުވަން ކުރާ ޑިމާންޑުތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް