ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް 2.54 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 2.34 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 8.5 އިންސައްތައިގެ އިތުރުވުމެކެވެ.

މާލީ ވުޒާރާގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓުން ދައްކާގޮތުގައި ޑިޕާޗަރ ޓެކުހުގެ ގޮތުގައި 1.25 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 7.7 އިންސައްތަ އިތުރު އަދަދެކެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.28 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 8.4 އިންސައްތައިގެ ކުރިއެރުމެކެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބޭ އާމްދަނީ އެއްކޮށް ރާއްޖޭގެ ސޮވެރިން ފަންޑަށް ޖަމާކުރަމުންދާއިރު، ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުން ފަދަ ވަކި ފަރާތްތަކެއް މިއިން ބައެއް ޓެކްސްތަކާއި ފީތަކުން އިސްތިސްނާވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް