ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް-- ފޮޓޯ:އެމްއެސީއެލް

މާލޭގެ ފިހާރައެއްގައި ވަޒީފާ އަދާކުރި ސްރީ ލަންކާ މީހަކު އެ ފިހާރައިގެ އެ ދުވަހުގެ ސޭލްސް ފައިސާ ކަމަށްވާ 25،000 ރުފިޔާއާއި މޯބައިލް ފޯނެއް ވަގަށް ނަގައިގެން ފުރަން އުޅެނިކޮށް ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހަރުގެ ޗަންދްރެސްކަރަން އެންތޮނީ ކިޔާ މީހެކެވެ. މައްސަލައިގެ ތަހުގީގަށް އޭނާ 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން ތުހުމަތުކުރެވޭ މީހާ ފިހާރަތެރޭގައި އުޅޭތީ ފެންނަ ސީސީޓީވީ ފޫޓޭޖްގެ ސްނެޕްޝޮޓްތަކާއި، ހާދިސާ ރިޕޯޓުގެ އިތުރުން އޭނާ ފުރަން ނަގާފައިވާ ފްލައިޓް ޓިކެޓް ހެކީގެ ގޮތުގައި ކޯޓަށް ވަނީ ހުށަހަޅާފައެވެ. އަދި ސީސީޓީވީ ފޫޓޭޖުން ފެންނަ މީހާއަކީ ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ކަމަށް ފިހާރައިގެ އެހެން މުވައްޒަފުންވެސް ވަނީ ބުނެފައެވެ.

ނަމަވެސް ތުހުމަތުކުރެވޭ މީހާ ބުނެފައިވަނީ އޭނާ އެ ތަނުގެ ވަޒީފާއިން ހާދިސާ ހިނގުމުގެ 10 ދުވަސް ކުރިން ވަކިވެފައިވާ ކަމަށާއި، ހާދިސާ ހިނގި ކަމަށް ބުނާ ވަގުތު އޭނާ ހުރީ އެހެން ތަނެއްގައި ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް