ރާއްޖޭގައި ހިނގާ އެކްސިޑެންޓުތަކުގެ 64 ޕަސެންޓް ހުޅުމާލޭގައި

މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު މުޅި ރާއްޖެއިން ރިޕޯޓުކުރެވުނު 2،018 އެކްސިޑެންޓުގެ ތެރެއިން 64 ޕަސެންޓް (1،295 އެކްސިޑެންޓު) ހިނގާފައިވަނީ ހުޅުމާލޭގައި ކަމަށާއި، އެންމެ ނުރައްކާތެރި އެކްސިޑެންޓުތައް ވެސް ހިނގަނީ ހުޅުމާލޭގައި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ހާމަކޮށްފައެވެ.

މައިގަނޑު ތަފާސްހިސާބުތައް

  • އެކްސިޑެންޓުވި ސަރަޙައްދުތައް: ހުޅުމާލެ ފޭސް 1 ގައި 887 އެކްސިޑެންޓު އަދި ފޭސް 2 ގައި 408 އެކްސިޑެންޓު.

  • އެންމެ އެކްސިޑެންޓު ގިނަ ތަންތަން: އެމްޑަބްލިއުއެސްސީ ކައިރި (32)، އެސްޓަރސް ރައުންޑަބައުޓް (26)، އަދި ވިނަރެސް 1 ރައުންޑަބައުޓް (25).

  • އެންމެ އެކްސިޑެންޓު ގިނަ ވަގުތު: ހަވީރު 3:00 އާއި 6:00 އާ ދެމެދު (337 އެކްސިޑެންޓު).

އެކްސިޑެންޓުތައް ހިނގަން މެދުވެރިވާ މައިގަނޑު ސަބަބުތައް

  • ސްޕީޑް ލިމިޓަށް ނުބަލައި ބާރަށް ދުއްވުމާއި، ދުއްވަމުން ފޯނު ބޭނުންކުރުން.

  • ރައުންޑަބައުޓްތަކަށް ވަނުމުގައި ދުވެލި މަޑުނުކުރުމާއި، ނުބައި ލޭނުން ދުއްވުން އަދި ސިގްނަލް ނުދިނުން.

  • މަގުތަކުގެ ޖާގައަށްވުރެ އުޅަނދުފަހަރު ގިނަވުމާއި، އެކަށީގެންވާ ތަމްރީނާއި ލައިސަންސް ނެތި ދުއްވުން.

އެކްސިޑެންޓު ގިނައިން ހިނގާ ސަރަޙައްދުތަކުގައި ފުލުހުން ބައިތިއްބާ މިންވަރު އިތުރުކޮށް، މަގުމަތީގެ ސަލާމަތާއި ރައުންޑަބައުޓްތައް ބޭނުންކުރާނެ ގޮތުގެ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގުރާމުތައް ކުރިއަށްގެންދިއުމަށް ފުލުހުން ވަނީ ނިންމާފައެވެ. އަދި ދުއްވުމުގައި ކޮންމެ ރައްޔިތަކުވެސް ފަރުދީ ޒިންމާ ނެގުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް