ތިނަދޫ ސިނާއީ ސަރަހައްދުގައި ބިދޭސީއަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ގދ. ތިނަދޫ ސިނާއީ ސަރަހައްދުގައި ބިދޭސީން ދިރިއުޅޭ ތަނެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު (01 ސެޕްޓެމްބަރު 2026) ފަތިހު 04:11 އެހައިކަންހާއިރުއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 27 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.

މި މީހާ ނިޔާވާން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް