މާލޭގެ ބޮޑުތަކުރުފާނު މަގު، ވިލާ ކޮލެޖު ކައިރީގައި މިއަދު ހެނދުނު ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި، ހެނދުނު 8:15 އެހައިކަންހާއިރު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ އެކްސިޑެންޓުވި އެއް ސައިކަލުގެ ފަހަތުގައި އިން ކުއްޖާއަށެވެ.
ނަމަވެސް، އެ ކުއްޖާއަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ. މީގެއިތުރުން، މި އެކްސިޑެންޓުގައި ހިމެނޭ ދެ ސައިކަލު ދުއްވަން ތިބީ ލައިސަންސް އޮންނަ ދެ މީހުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.





