މާލޭ ގަލޮޅު ފުޓްސަލް ދަނޑު ތަރައްގީކުރަން އާރުޑީސީއާއެކު ސޮއިކޮށްފި

މާލޭ ގަލޮޅު ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްއާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އާރުޑީސީ) އާދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، އަބްދުﷲ ރާފިޢު އެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް އެވެ.

މި މަޝްރޫއުގެ ދަށުން ގަލޮޅު ފުޓްސަލް ދަނޑު އިތުރަށް ތަރައްގީކޮށް، މާލޭގެ ޒުވާނުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ބޭނުންވާ ފުޓްސަލް ވަސީލަތްތައް އިތުރަށް ހަރުދަނާވެ، އެކަށީގެންވާ ރަނގަޅު މާހައުލެއް ގާއިމުވެގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް