ތިމަރަފުށީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ މަރާމާތުކުރުން އާރުޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކުރުން

ތ. ތިމަރަފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ މަރާމާތު ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްއާއި ރޯޑް ދިވެލޮޕްމެންޓް ކޯޕަރޭޝަން(އާރުޑީސީ) އާއެކު މިއަދު ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، އަބްދުﷲ ރާފިޢު އެވެ. އަދި ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް އެވެ.

މި މަޝްރޫއުގެ ދަށުން ތިމަރަފުށީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަށް ދިމާވެފައިވާ މަރާމާތުގެ މަސައްކަތްތައް ކުރިއަށްގެންގޮސް، އެ ރަށުގެ ޒުވާނުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް