ހުޅުމާލޭ "އަމާން އުދަރެސް 2" ޓަވަރުގެ 3 ވަނަ ބުރިން އުމުރުން 16 އަހަރުގެ ދިވެހި އަންހެން ކުއްޖަކު ވެއްޓިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ބުނި ގޮތުގައި މިއަދު ހެނދުނު 11:35 އެހާކަންހާއިރު ރިޕޯޓްކުރި މި ހާދިސާގައި ވެއްޓުނު ކުއްޖާއަށް މިހާރު އަންނަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
އެ ކުއްޖާއަށް ފަރުވާދެމުންދާތީ، ލިބުނު އަނިޔާތަކުގެ އިތުރު ތަފްސީލު އަދި ސާފެއް ނުވެއެވެ. ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގުކުރަމުންނެވެ.





